ކަސްޓޯޑިއަލް ސަރވިސަސް ޓްރެއިނިންގ ޕްރޮގްރާމަށް މަރުހަބާ!

މިއީ ފައިނޭންޝަލް ސެކިއުރިޓީސް ކަސްޓޯޑިއަނުންނާއި އެފަރާތްތަކުގެ ހިދުމަތްތަކާ ބެހޭ ގޮތުން ބައިވެރިންނަށް ފުޅާ ދާއިރާއެއްގައި ވިސްނުމާއި މައުލޫމާތު ފޯރުކޮށްދިނުމުގެ މަގްސަދުގައި ކުރިއަށް ގެންދާ ދެ ދުވަހުގެ ތަމްރީން ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުގައި ކްލައިންޓުންގެ އެސެޓްތައް މެނޭޖްކޮށް، މޮނިޓާކޮށް ހިމާޔަތްކުރުމަށް ބޭނުންވާ ޒަރޫރީ ޢިލްމާއި ހުނަރު ތައް ހިމެނެއެވެ .

ޕްރޮގްރާމް ތާރީޙުތައް: 3-4 މެއި 2023

ބައިވެރިވުމުގެ ފީ: -/2,500 ރުފިޔާ

މި ތަމްރީނު ޕްރޮގްރާމުގައި ބައިވެރިވެގެން:

  • ފައިނޭންޝަލް ސެކިއުރިޓީސް ކަސްޓޯޑިއަނުންގެ ދައުރާއި އިންޑަސްޓްރީގެ އެންމެ ފަހުގެ މިންގަނޑުތަކާއި ގަވާއިދުތައް ވަރަށް ރަނގަޅަށް ދެނެގަތުމުގެ ފުރުސަތު.
  • ސެކިއުރިޓީޒް ކަސްޓަޑީގައި ރިސްކް މެނޭޖްމަންޓާއި ކޮމްޕްލަޔަންސް އަދި އޮޕަރޭޝަނަލް އެކްސެލެންސްގެ ބެސްޓް ޕްރެކްޓިސްތައް ދަސްވެގެން ދިއުން.
  • ފައިނޭންޝަލް ސެކިއުރިޓީޒް ކަސްޓަޑީގެ ދާއިރާއިން ތިމާގެ ޕާފޯމަންސް އިތުރުކުރުމަށް ޓަކައި އަމަލީ ހުނަރާއި ޢިލްމު ތަރައްޤީވެގެންދިއުން.
  • މާލީ ދާއިރާގެ އެހެން ޕްރޮފެޝަނަލުންނާ ބައްދަލުވެ ކޮލަބޮރޭޓްވުމުގެ ފުރުސަތު ލިބިގެންދިއުން.

ބައިވެރިވާންވީ ފަރާތްތައް:

  • ސެކިއުރިޓީޒް މާކެޓް ލައިސަންސް ލިބިފައިވާ އިންޓަރމީޑިއަރީސް
  • ކޮމާޝަލް ބޭންކްތައް
  • އިންޝުއަރެންސް ކުންފުނިތައް
  • ލޯ ފާމްތައް
  • ލިސްޓުކޮށްފައިވާ ކުންފުނިތައް
  • ސަރުކާރު ހިއްސާވާ ކުންފުނިތައް
  • އަމިއްލަ ފަރާތްތައް

ކުރިއަށް އޮތް ޓްރެއިނިންގ ޝެޑިއުލްސް