ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ

ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީ.އެމް.ޑީ.އޭ) އަކީ، ދިވެހިރާއްޖޭގެ ޤާނޫނު ނަންބަރު (2006/2) – ދިވެހިރާއްޖޭގެ މާލީ ސެކިއުރިޓީޒްއާބެހޭ ޤާނޫނުގެ ދަށުން، ރާއްޖޭގެ ސެކިއުރިޓީޒް ބާޒާރު ރެގިއުލޭޓްކޮށް ތަރައްޤީކުރުމަށް އުފައްދާފައިވާ މިނިވަން މުއައްސަސާއެކެވެ.

މީގެ އިތުރުން، ދިވެހިރާއްޖޭގެ ޤާނޫނު ނަންބަރު (8/2009) – ދިވެހިރާއްޖޭގެ ޕެންޝާނާބެހޭ ޤާނޫނުގެ ދަށުން ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް (އެމް.ޕީ.އޭ.އޯ) އިން ބަލަހައްޓަމުންދާ މޯލްޑިވްސް ރިޓަޔަރމަންޓް ޕެންޝަން ސްކީމް ސުޕަރވައިޒް ކުރުންވެސް ސީ.އެމް.ޑީ.އޭގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމެނެއެވެ.

އިންސްޓިޓިއުޓް އޮފް ކޯޕަރޭޓް ޑިރެކްޓަރސް އެންޑް ސެކްރެޓަރީސް

އިންސްޓިޓިއުޓް އޮފް ކޯޕަރޭޓް ޑައިރެކްޓަރސް އެންޑް ސެކްރެޓަރީޒް (އައި.ސީ.ޑީ.އެސް) ސީ.އެމް.ޑީ.އޭއިން އުފެއްދުމުގެ މަޤްސަދަކީ ރާއްޖޭގައި ކޯޕަރޭޓް ގަވަރނަންސް ޕްރޮމޯޓްކުރުމަށާއި، ކުންފުނިތަކުގެ ޑައިރެކްޓަރުންނާއި ސެކްރެޓަރީންނަކީ ބައިނަލްއަޤްވާމީ ބެސްޓް ޕްރެކްޓިސްއާ އެއްގޮތަށް ޢަމަލުކުރާ، އަދި ކޯޕަރޭޓް ގަވަރަނަންސްގެ ދާއިރާއިން ކުންފުނި ކުރިއެރުވުމުގެ ޤާބިލުކަމާއި އަދި އެ ވިސްނުން ހުރި ފަރާތްތަކަކަށްވުމަށް އެހީތެރިވުމާއި، އަދި މިކަމުގެ ސަބަބުން ރާއްޖޭގެ ކެޕިޓަލް މާކެޓަށް ކުރިއެރުންތަކެއް ލިބިގެންދިއުމެވެ.

ކުރިއަށް ހުރި ޓްރޭނިންގތައް

ފަހުގެ ޙަބަރު

ސްޓެޓިސްޓިކްސް

އަދާ ހަމަކުރެވިފައި: 4 ޖެނުއަރީ 2024

2023 ގައި ކޮށްފައިވާ މުއާމަލާތުގެ ޖުމްލަ އަގު

MVR 311,159,685

2023 ގައި ކޮށްފައިވާ ޖުމްލަ މުއާމަލާތްތަކުގެ އަދަދު

614

2023 ގައި މުއާމަލާތްކުރި ހިއްސާގެ އަދަދު

656,337