ންސްޓިޓިއުޓް އޮފް ކޯޕަރޭޓް ޑައިރެކްޓަރސް އެންޑް ސެކްރެޓަރީޒް (އައި.ސީ.ޑީ.އެސް) ސީ.އެމް.ޑީ.އޭއިން އުފެއްދުމުގެ މަޤްސަދަކީ ރާއްޖޭގައި ކޯޕަރޭޓް ގަވަރނަންސް ޕްރޮމޯޓްކުރުމަށާއި، ކުންފުނިތަކުގެ ޑައިރެކްޓަރުންނާއި ސެކްރެޓަރީންނަކީ ބައިނަލްއަޤްވާމީ ބެސްޓް ޕްރެކްޓިސްއާ އެއްގޮތަށް ޢަމަލުކުރާ، އަދި ކޯޕަރޭޓް ގަވަރަނަންސްގެ ދާއިރާއިން ކުންފުނި ކުރިއެރުވުމުގެ ޤާބިލުކަމާއި އަދި އެ ވިސްނުން ހުރި ފަރާތްތަކަކަށްވުމަށް އެހީތެރިވުމާއި، އަދި މިކަމުގެ ސަބަބުން ރާއްޖޭގެ ކެޕިޓަލް މާކެޓަށް ކުރިއެރުންތަކެއް ލިބިގެންދިއުމެވެ.

ޑައިރެކްޓަރޒް ޓްރެއިނިންގ ޕްރޮގްރާމް އަދި ކޮމްޕެނީ ސެކްރެޓަރީޒް ޓްރެއިނިންގ ޕްރޮގްރާމް

އައި.ސީ.ޑީ.އެސް އިން މައިގަނޑު ގޮތެއްގައި ކުރިއަށް ގެންދާ ޓްރެއިނިންގ ޕްރޮގްރާމްތަކަކީ "ޑައިރެކްޓަރޒް ޓްރެއިނިންގ ޕްރޮގްރާމް" އާއި "ކޮމްޕެނީ ސެކްރެޓަރީޒް ޓްރެއިންގ ޕްރޮގްރާމް" އެވެ. މި ޓްރެއިނިންގތައް ހިންގަމުން އަންނަނީ މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖުގައި ލިސްޓްކޮށްފައިވާ ކުންފުނިތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އިތުރުން ޝައުގުވެރިވާ ޕްރައިވެޓް ސެކްޓަރ ކުންފުނިތަކާއި އަދި އާންމު ފަރުދުންނަށްވެސް ބައިވެރިވެވޭ ގޮތަށް ހުޅުވާލައިގެންނެވެ.
އައި.ސީ.ޑީ.އެސްގެ ޕްރޮގްރާމްތައް ފަރުމާކޮށްފައިވަނީ ކޯޕަރޭޓް ޑައިރެކްޓަރުންނާ ސެކްރެޓަރީންގެ ހުނަރު އިތުރުކުރެވޭނެ ގޮތްތަކުގެ މައްޗަށް ބިނާކޮށެވެ. އަދި ކޯޕަރޭޓް ގަވަރނަންސްއާއި މިދާއިރާއާ ގުޅުންހުރި ދާއިރާތަކުން ބައިނަލްއަޤްވާމީ ފެންވަރުގައި ތަޢާރަފްވަމުންދާ ބެސްޓް ޕްރެކްޓިސްތަކުގެ އަލީގައި ބައިވެރިނަންނަށް މައުލޫމާތު ފޯރުކޮށްދިނުމަށް އިސްކަންދެއެވެ.
އައި.ސީ.ޑީ.އެސްގެ ޓްރެއިނިންގތަކުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން "އެކްސްޕްރެޝަން އޮފް އިންޓްރެސްޓް" 3014103/3336619 ނަންބަރު ފޯނަށް ގުޅައިގެން ނުވަތަ icds@cmda.gov.mv އަށް އީމެއިލް ފޮނުވައިގެން ހުށަހެޅިދާނެއެވެ. ކޮންމެ އަހަރަކު ބާއްވާ ޓްރެއިނިންގތައް ޝެޑިއުލްކުރެވުމުން، ޓްރެއިނިންގގައި ބައިވެރިވުމަށް ޝައުގުވެރިކަން ހުށަހަޅާފައިވާ ފަރާތްތަކަށް، ކަނޑައަޅާފައިވާ އުސޫލުގެ މަތިން ބައިވެރިވުމުގެ ފުރުސަތު ދެވޭނެއެވެ.
ޑައިރެކްޓަރޒް ޓްރެއިނިންގް ފުރިހަމަކުރުމަށްފަހު، ބައިވެރިއަކު ބޭނުންނަމަ އައި.ސީ.ޑީ.އެސްގެ "ޑައިރެކްޓަރޒް އެގްޒެމިނޭޝަން" ގައި ބައިވެރިވުމަށް އެޕްލިކޭޝަން ފޯމް ހުށަހެޅިދާނެއެވެ.
އައި.ސީ.ޑީ.އެސްގެ ޓްރެއިނިންގ ޕްރޮގްރާމްތައް ފުރިހަމަކުރާ ފަރާތްތަކާއި، ޑައިރެކްޓަރުންގެ އިމްތިހާނު ފުރިހަމަކުރާ ފަރާތްތަކުގެ ރަޖިސްޓަރީއެއް އައި.ސީ.ޑީ.އޭސްގައި ގާއިމްކޮށްފައިވެއެވެ.

އެހެނިހެން ޕްރޮގްރާމްތައް

އައި.ސީ.ޑީ.އެސްގެ ޓްރެއިނިންގ ޕްރޮގްރާމްތައް ބޭއްވުމުގެ އިތުރުން ރާއްޖޭގައި ކޯޕަރޭޓް ގަވަރނަންސް ޕްރޮމޯޓްކޮށް، މިދާއިރާއިން ހޭލުންތެރިކަން އިތުރުކުރުމަށް ކުރެވޭ މަސައްކަތްތަކަށް ސަޕޯޓްކުރުމުގެ ގޮތުން މިދައިރާއާގުޅޭ ޕްރޮގްރާމްތައް ހިންގާ އެހެނިހެން ފަރާތްތަކާ އައި.ސީ.ޑީ.އެސްއިން އަންނަނީ ގުޅިގެން މަސައްކަތްކުރަމުންނެވެ.