ކޯޕަރޭޓް ގަވަރނަންސް ކޯޑު (ސީޖީ ކޯޑް)

02 މާރިޗު 2022

ކޯޕަރޭޓް ގަވަރނަންސް ކޯޑުގެ ތަޢާރަފެއް

ސީ.އެމް.ޑީ.އޭ އިން ކޯޕަރޭޓް ގަވަރަނަންސް ކޯޑު ތަޢާރަފްކޮށްފައިވަނީ 2008 ވަނަ އަހަރުއެވެ.
ކޯޕަރޭޓް ގަވަރަނަންސް ކޯޑު ތައާރަފުކުރުމުގައި ސީ.އެމް.ޑީ.އޭގެ މައިގަނޑު މަޤްޞަދަކީ މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖުގައި ލިސްޓުކުރެވިފައިވާ ކުންފުނިތަކަކީ ގަވަރނަންސްގެ މައިގަނޑު އުސޫލުތައް ކަމުގައިވާ – ޒިންމާދާރުވުމާއި، ޖަވާބުދާރީވުމާއި، ހަމަހަމަކަމާއި އަދި ދެފުށްފެންނަ ސިޔާސަތުގެ ދަށުން ކަންކަން ހިންގާ އަދި އޭގެ ސަބަބުން އެ ކުންފުނިތަކަކީ ދުނިޔޭގެ ނިސްބަތުން ވާދަވެރި ކުންފުނިތަކެއް ކަމުގައިވެ، އަދި ދެމެހެއްޓެނިވި ގޮތެއްގައި ރާއްޖޭއާއި ރާއްޖެއިން ބޭރުގައި އިންވެސްޓަރުންގެ އިތުބާރުލިބިފައިވާ ކުންފުނިތަކަކަށް ހެދުމެވެ.

ސީ.ޖީ ކޯޑަށް ޢަމަލުކުރަން ޖެހޭ ފަރާތްތަށް

  • މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖްގައި ލިސްޓްކޮށްފައިވާ ހުރިހާ ކުންފުންޏަކުން މިކޯޑަށް ޢަމަލުކުރުން ލާޒިމުކޮށްފައިވެއެވެ.
  • އަދި ހަމައެއާއެކު ރާއްޖޭގެ އެހެން ކުންފުނިތަކުން، ޚާއްޞަ ގޮތެއްގައި ލިސްޓްކުރުމަށް ތައްޔާރުވަމުންދާ ކުންފުނިތަކުން ވޮލަންޓަރީކޮށް މިކޯޑަށް ޢަމަލުކުރުމުގައި ސީ.އެމް.ޑީއޭ އިން އެހީތެރިކަން ފޯރުކޮށްދެއެވެ.

ހިމަނާފައިވާ ލިޔުންތައް