ޕެންޝަން ސުޕަވިޝަން ޑިޕާޓްމަންޓަކީ ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނު (8/2009) ގެ ދަށުން މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުން މޯލްޑިވްސް ރިޓަޔަރމަންޓް ޕެންޝަން ސްކީމްއާ ގުޅޭ އެންމެހާ ކަންކަން ކުރިއަށް ގެންދަނީ ޕެންޝަން ޤާނޫނާ މި ޤާނޫނުގެ ދަށުން ހެދޭ ގަވައިދުތަކާ އެއްގޮތަށްތޯ ބެލުމަށް ޕެންޝަން ސުޕަވިޝަން ގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ސީ.އެމް.ޑީ.އޭ އިން އުފައްދާފައިވާ ޑިޕާޓްމަންޓެކެވެ. މިޑިޕާޓްމަންޓް އުފެއްދުމުގެ މަޤްޞަދުތަކުގެ ތެރޭގައި އަންނަނިވި ކަންތައްތައް ހިމެނެއެވެ.
  • ޕެންޝަން އެސެޓްސް އިންވެސްޓްކުރެވޭ ގޮތާއި އެ އިންވެސްޓްމަންޓްތަކުގެ ޕާރފޯމަންސް ބެލެހެއްޓުން.
  • ރިޓަޔަރމަންޓް ޕެންޝަން ސްކީމްއާ ގުޅޭ ގޮތުން ހަދަންޖެހޭ ރިޕޯޓްތައް ތައްޔާރުކުރުމާއި ޢާއްމު ކުރުމާބެހޭ އުޞޫލުތައް ކަނޑައެޅުން.
  • ޕެންޝަން އޮފީހުގެ ބޯޑަށް މެންބަރުން ޢައްޔަންކުރުމުގެ ކަންތައް ހިނގާ ގޮތް ބަލައި، ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ޕެންޝަން އޮފީހުގެ ބޯޑުން ތައްޔާރުކުރަންޖެހޭ ރިޕޯޓުތައް ތައްޔާރުކުރުމުގެ ކަންތައް ކުރިއަށްދާގޮތް ބެލުން.
  • ޕެންޝަނާބެހޭ ޤާނޫނު ތަންފީޒުކުރުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.