އަލްފާޟިލާ ފާތިމަތު ޢަބްދުﷲ ކަމާލުއްދީންއަކީ އޮތޯރިޓީގެ ޑެޕިއުޓީ ސީއީއޯގެ ހައިސިއްޔަތުން، ކެޕިޓަލް މާރކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީގެ ސްޓްރެޓީޖިކް ޕްލޭން ތައްޔާކުރުމުގައި ޗީފް އެގްޒެކެޓިވް އޮފިސަރަށް އެހީތެރިވެދީ، ބޯޑުން ފާސްކޮށްފައިވާ ޕްލޭންތައް ތަންފީޒުކުރުމާއި މޮނީޓަރުކުރުމުގެ އިތުރުން ޕޮލިސީގެ ކަންކަމުގައި މަޝްވަރާކުރުން ކުރިއަށް ގެންދިއުމުގެ ގޮތުން ސްޓޭކްހޯލްޑަރުންނާއެކު (ދިވެހި ސަރުކާރުވެސް ހިމެނޭ ގޮތުން) ދާއިމީ ގޮތެއްގައި ބައްދަލުވުންތައް ވިލަރެސްކުރުމާއި، މި ބައްދަލުވުންތަކަށް ތައްޔާރުވުމުގެ ގޮތުން ދިރާސާތައް ކުރާ ފަރާތެވެ.
މީގެ އިތުރުން ޚާއްޞަ ގޮތުން ޗީފް އެގްޒެކެޓިވް އޮފިސަރ ހަވާލުކުރައްވާ މަސައްކަތްތައް ކުރުމާއި، ޗީފް އެގްޒެކެޓިވް އޮފިސަރ ހާޒިރުވެ ނެތް ހާލަތުގައި ކެޕިޓަލް މާރކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީގެ ހިންގުމުގެ ހުރިހާ ޒިންމާއެއް އަދާކުރުންވެސް ހިމެނެވެ.
ހަމަ އެއާއެކު ޑެޕިއުޓީ ޗީފް އެގްޒެކެޓިވް އޮފިސަރގެ ހައިސިއްޔަތުން ސީ.އެމް.ޑީ.އޭގެ މާކެޓް ޑިވެލޮޕްމަންޓް ޑިޕާޓްމަންޓާއި އިންފޮމޭޝަން އެންޑް ޓެކްނޮލޮޖީ ޑިޕާޓްމަންޓްގެ ކަންކަން ބެލެހެއްޓުމުގެ ޒިންމާ އަދާކުރުންވެސް ހިމެނެއެވެ.
އަލްފާޟިލާ ފާތިމަތު ޢަބްދުﷲ ކަމާލުއްދީން އަކީ ސީ.އެމް.ޑީ.އޭގައި 2011 ވަނަ އަހަރުން ފެށިގެން މަސައްކަތް ކުރައްވަމުން ގެންދަވާ ފަރާތެކެވެ.