ވޯލްޑް އިންވެސްޓަރ ވީކް ރިޕޯޓްތައް

ވޯރލްޑް އިންވެސްޓަރ ވީކް އަކީ އިންވެސްޓްކުރުމާގުޅޭ ކަންކަމަށް އިންވެސްޓަރުން ހޭލުންތެރިކޮށް އަހުލުވެރިކުރުމުގެ މަޤްޞަދުގައި އިންޓަރނޭޝަނަލް އޯގަނައިޒޭޝަން އޮފް ސެކިއުރިޓީޒް ކޮމިޝަންސް (IOSCO) އިން އިންތިޒާމްކޮށްގެން ބައިނަލްއަޤްވާމީ ފެންވަރެއްގައި ފާހަގަކުރާ ހަފުތާއެކެވެ.
ކޮންމެ އަހަރެއްގެ އޮކްޓޫބަރު މަހުގެ ފުރަތަމަ ހަފުތާގައި، ވޯރލްޑް އިންވެސްޓަރ ވީކް ފާހަގަކުރުމުގެ ގޮތުން ކުރިޔަށް ގެންދާ ގްލޯބަލް ކެމްޕެއިންގައި، ދުނިޔޭގެ 6 ބައްރުގައިވާ IOSCO ގެ ސެކިއުރިޓީޒް މާރކެޓް ރެގިއުލޭޓަރުންނާއި، އެހެނިހެން މެންބަރުން ވޯރލްޑް އިންވެސްޓަރ ވީކް ފާހަގަކުރުމަށް ތަފާތު ޙަރަކާތްތަކެއް ހިންގަމުން ދެއެވެ. މި ޙަރަކާތްތަކުގެ ތެރޭގައި އިންވެސްޓަރުންނަށް ޚާއްޞަ ޚިދުމަތްތައް ލޯންޗްކުރުމާއި، އިންވެސްޓްކުރުމާގުޅޭ ކަންކަމަށް އިންވެސްޓަރުން ހޭލުންތެރިކޮށް އަހުލުވެރިކުރުމަށްޓަކައި މުބާރާތްތައް ބޭއްވުމާއި، ވޯކްޝޮޕްތަކާއި ކޮންފަރެންސް އިންތިޒާމްކުރުމާއި، އިންވެސްޓްކުރުމާބެހޭގޮތުން ޤައުމީ ފެންވަރުގައި ކެމްޕޭންތައް ހިންގުން ހިމެނެއެވެ.

ވޯރލްޑް އިންވެސްޓަރ ވީކް ގެ މަޤްޞަދުތައް

  1. އިންވެސްޓްކުރުމާގުޅޭ ކަންކަމަށް އިންވެސްޓަރުން ހޭލުންތެރިކޮށް އަހުލުވެރިކުރުން
  2. އިންވެސްޓަރުން ބާރުވެރިކުރުމަށް ކެޕިޓަލް މާރކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީގެ ފަރާތުން ހިންގާ ޙަރަކާތްތަކާބެހޭ މަޢުލޫމަތު ފޯރުކޮށްދިނުން.
  3. ސޯޝަލް މީޑިއާގެ ޒަރީޢާއިން އިންވެސްޓަރުންގެ ފީޑްބެކް ހޯދުމަށް two-way communication ޕްލެޓްފޯރމެއް ފޯރުކޮށްދިނުމާއި މާރކެޓް ރެގިއުލޭޝަން އާއި އިންވެސްޓަރުންގެ ޙައްޤުތައް ދެނެގަތުމަށް އެހީތެރިކަން ފޯރުކޮށްދިނުން.