އޮންލައިން ޓްރާންސްފަރ ސީ.އެމް.ޑީ.އޭ ގެ އެކައުންޓް 7701156637003 (CMDAINCOME A/C) އަށް ފޮނުއްވުން އެދެމެވެ.
އެއްވެސް ބޭންކް ޗާރޖްއެއް ދައްކަން ޖެހިއްޖެނަމަ އެ ފީ އެއް ދައްކާނީ ބައިވެރިވާ ފަރާތުންނެވެ.
މި ޓްރެއިނިންގ ޕްރޮގްރާމްގެ ރަޖިސްޓްރޭޝަން ފުރިހަމަ ވާނީ ކޯހުގެ ފީ އަދި އެޕްލިކޭޝަން ފޯމް ލިބުމުންނެވެ.
މި ޕްރޮގްރާމްގައި އަލިއަޅުވާލާނީ ކޯޕަރޭޓް ގަވަރނަންސް އުސޫލުތަކާ އެއްގޮތަށް ކުންފުނީގެ ހިންގުން ބައްޓަންކުރުމުގައި ބޯޑުގެ ޒިންމާއާ މަސްއޫލިއްޔަތުތަކާގުޅޭ ގޮތުންނެވެ. މީގެ އިތުރުން ކުންފުންޏާބެހޭ ޤާނޫނާއި ޓެކްސްގެ ނިޒާމާއި އެންޓި-ކޮރަޕްޝަނާއި އޮޑިޓިންގ އަދި އަހަރީ ރިޕޯޓާއި މާލީ ބަޔާންތަކުގައި ބަލަންޖެހޭ ކަންތައްތަކުގެ މަޢުލޫމާތު ހިމެނެއެވެ. މި ޕްރޮގްރާމްގައި މަޢުލޫމާތު ދެއްވާނީ ކަމާގުޅޭ ދާއިރާތަކުގެ ރާއްޖޭގެ ތަޖުރިބާކާރު ފަރާތްތަކެވެ.
މީގެ އިތުރުން، ކުންފުނިތައް ހިންގުމަށްޓަކައި ބޭނުންވާ ޢަމަލީ އޮނިގަނޑާއި ވިޔަފާރީގެ ނިންމުންތައް ކަނޑައެޅުމަށް ބޭނުންވާ ހުނަރާއި ވިޔަފާރި ހިންގުމުގެ ސުލޫކީ މިންގަނޑުތައް ހިމެނޭނެއެވެ.
މި ޕްރޮގްރާމް ކުރިޔަށް ދާނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ، އޮޑިޓަރ ޖެނެރަލްގެ އޮފީސް، އަދި އެންޓި-ކޮރަޕްޝަން ކޮމިޝަން ގުޅިގެންނެވެ.
- ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ޑައިރެކްޓަރުން
- ލިސްޓްކޮށްފައިވާ ކުންފުނިތަކުގެ ޑައިރެކްޓަރުން
- ޕްރައިވެޓް ކުންފުނިތަކުގެ ޑައިރެކްޓަރުން
- ކުންފުނިތަކުގެ ޑައިރެކްޓަރުންނަށްވުމަށް ޝައުޤުވެރިވާ ފަރާތްތައް
- ކެޕިޓަލް މާރކެޓް ދިވެލޮޕްމަންޓް އޮތޯރިޓީ
- އޮޑިޓަރ ޖެނެރަލްގެ އޮފީސް
- އެންޓި-ކޮރަޕްޝަން ކޮމިޝަން
- މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ
- 3 ދުވަސް (9:00 – 16:00 އަށް)
- ބައިވެރިވިކަމުގެ ސެޓިފިކެޓް ލިބޭނީ ހާޒިރީން %80 ފުރިހަމަ ކުރާ ފަރާތްތަކަށެވެ.
- ޑައިރެކްޓަރުންގެ މަސްއޫލިއްޔަތުތަކާއި ޒިންމާތައް
- ސްޓްރެޓީޖިކް ރޭވުންތައް
- އަހަރީ ރިޕޯޓާއި މާލީ ބަޔާންތައް
- އިންވެސްޓްމަންޓް ޕްރޮޕޯސަލްތައް އިވެލުއޭޓް ކުރުން
- ކޯޕަރޭޓް ގަވަނަންސްގެ އޮނިގަނޑާއި މެކޭނިސަމްތައް
- ބައިނަލްއަގުވާމީ ކޯޕަރޭޓް ގަވަނަންސް
- ކޯޕަރޭޓް ގަވަނަންސްގެ އެޖެންޑާ ފުޅާކުރުން
- ރިސްކް މެނޭޖްމަންޓްގެ އަސާސްތައް
- ރިސްކްގެ ވައްތަރުތައް، ރިސްކް ދެނެގަތުން، އެސެސްމަންޓް އަދި މިޓިގޭޝަން
- ރިސްކް ޑައިވަރސިފިކޭޝަން
- އެންޓި-ކޮރަޕްޝަން އަދި ޕްރޮކިއުމަންޓް
- އިންޓަރނަލް އޮޑިޓްގެ ފައިދާތައް
- ކުންފުނިތަކުގެ ގަވަނަންސް އިތުރުކުރުމަށް އިންޓަރނަލް އޮޑިޓްގެ ދައުރު
- އިންޓަރނަލް އޮޑިޓްގެ ފަންކްޝަން އިތުރުކުރުމަށް ބޯޑުގެ ދައުރު
- މާލީ ބަޔާންތައް ތައްޔާރުކުރުމުގައި ބޯޑުގެ ޒިންމާ
- އަހަރީ ޢާންމު ޖަލްސާގައި އޮޑިޓް ކޮށްފައިވާ މާލީ ބަޔާންތައް ކުންފުނީގެ ހިއްސާދާރުންނަށް ހުށަހެޅުމުގައި ބޯޑު އަދާކުރާ ދައުރު
- ރާއްޖޭގެ ޓެކްސް ސިސްޓަމް