ކެޕިޓަލް މާކެޓުގައި އާންމުކޮށް ހުޅުވާލައިގެން ސެކިއުރިޓީޒް ދޫކުރުމަށްޓަކައި ތައްޔާރުކުރާ ޕްރޮސްޕެކްޓަސް ނުވަތަ ސެކިއުރިޓީޒް ބަޔާން އާންމުކުރެވޭނީ ދިވެހިރާއްޖޭގެ މާލީ ސެކިއުރިޓީޒްއާބެހޭ ޤާނޫނު (02/2006) ގެ ދަށުން ކެޕިޓަލް މާކެޓް ޑިވަލޮޕްމަންޓް އޮތޯރިޓީގެ، އަދި ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނު (10/96) ގެދަށުން ރެޖިސްޓްރާ އޮފް ކޮމްޕެނީޒް ހުއްދަ ހޯދައިގެންނެވެ.
އިންވެސްޓަރުންނަށާއި، އިންވެސްޓްކުރުމަށް ލަފާދޭ ފަރާތްތަކަށް، އެމަޢުލޫމާތުގެ މައްޗަށް ބިނާކޮށް ނިމުންތައް ނިންމުމަށްޓަކައި ބޭނުންވުން އެކަށީގެންވާ، އަދި އެކަމަށްޓަކައި، ޕްރޮސްޕެކްޓަސްގައި ހުންނަންވާނެކަމަށް ޤަބޫލުކުރެވޭ އެންމެހާ މައުލޫމާތު ހިމަނާފައި ހުންނަންވާނެއެވެ.
ޕްރޮސްޕެކްޓަސް ތައްޔާރުކުރަންވާނީ ދިވެހިރާއްޖޭގެ މާލީ ސެކިއުރިޓީޒްއާބެހޭ ޤާނޫނު (02/2006) އަދި ކުންފުންޏާބެހޭ ޤާނޫނު (10/96) ގެ ދަށުން އެކުލަވާލާފައިވާ ތިރީގައިވާ ގަވާއިދުތަކާ އެއްގޮތަށެވެ.
އިސްލާމިކް ސެކިއުރީޓީޒް ދޫކުރާ ކުންފުނިތަކުން، ޕްރޮސްޕެކްޓަސް ތައްޔާރުކުރުމުގައި އަދި ސީ.އެމް.ޑީ.އޭއަށް ޕްރޮސްޕެކްޓަސް ރަޖިސްޓަރީކުރުމަށް ހުށަހެޅުމުގައި މަތީގައި ބަޔާންކޮށްފައިވާ ޕްރޮސްޕެކްޓަސް ގަވާއިދުތަކުގެ އިތުރުން ތިރީގައިވާ ގަވާއިދުތަކުގެ ޝަރުޠުތައްވެސް ފުރިހަމަކުރަންވާނެއެވެ.

ޕްރޮސްޕެކްޓަސް ރަޖިސްޓަރީކުރުމުގެ އިޖުރާއަތު

  • ޕްރޮސްޕެކްޓަސް އަދި ހުރިހާ ލިޔެކިޔުމެއް ހުށަހަޅަންވާނީ ފުރިހަމަކުރުމަށްފަހުގައެވެ.
  • ޕްރޮސްޕެކްޓަސް އަދި ހުރިހާ ލިޔެކިޔުމުގެ ހާޑް ކޮޕީ އަދި ސޮފްޓް ކޮޕީ ސީ.އެމް.ޑީ.އޭއަށް ފޮނުވަންވާނެއެވެ. ސޮޕްޓް ކޮޕީ އީމެއިލްކުރާނީ (complaince@cmda.gov.mv) އަށެވެ.
  • ގަވާއިދުތަކުގެ ޝަރުތުތައް ފުރިހަމަކުރުމުން ރެޖިސްޓްރޭޝަން ގިނަ ވެގެން 15 މާކެޓް ދުވަހުގެ ތެރޭގައި ދޫކުރެވޭނެއެވެ.
ސީ.އެމް.ޑީ.އޭއިން ރެޖިސްޓްރޭޝަން ދޫކުރާނީ ޕްރޮސްޕެކްޓަސް ރަޖިސްޓަރީކުރުމަށް ކަނޑައަޅާފައިވާ ފީ ދެއްކުމުންނެވެ. ޕްރޮސްޕެކްޓަސް ރަޖިސްޓަރީކުރުމަށް ކަނޑައަޅާފައިވާ ފީ ގެ މައުލޫމާތު މިކަމާގުޅޭ ގަވާއިދުތަކުގައި ހިމަނޭނެއެވެ.

އިތުރު މައުލޫމާތު ހޯދުމަށް

އިތުރު މައުލޫމާތު ހޯދުމަށް ސީ.އެމް.ޑީ.އޭގެ 3014115 / 3014108 ނަމްބަރު ފޯނާ ގުޅުމުން ފޯރުކޮށްދެވޭނެއެވެ.