ޕަބްލިކް އޮފަރިންގ (އާންމުކޮށް ހުޅުވާލައިގެން
ސެކިއުރިޓީޒް ދޫކުރުން/ވިއްކުން) އަކީ ވަކި ފަރާތްތަކަކަށް ޚާއްޞަކޮށްގެން
ސެކިއުރިޓީޒް ގަތުމަށް ދަޢުވަތު ދިނުމެއްނެތި، އަދި ސެކިއުރިޓީޒް ގަންނަން އެދޭ
ކޮންމެ ފަރާތަކަށް ވެސް ގަނެވޭ ގޮތަށް އޮތުމާއެކު، ސެކިއުރިޓީޒް ދޫކުރާ ފަރާތުގެ
ހުއްދަ ހޯދުމަކާ ނުލައި ސެކިއުރިޓީޒްގެ މިލްކުވެރިކަން އެއްފަރާތުން އަނެއް
ފަރާތަށް ބަދަލުކުރެވޭ ގޮތަށް ސެކިއުރިޓީޒް ދޫކުރުން ނުވަތަ ވިއްކުން.
މާލީ ސެކިއުރިޓީޒްއަކީ ވިޔަފާރިތަކުން ފަންޑު ހޯދުމަށް ދޫކުރާ/ވިއްކާ
މާލީ ވަޞީލަތެކެވެ. ސެކިއުރިޓީޒްގެ ތެރޭގައި ހިއްސާ، ބޮންޑު، ސުކޫކް (އިސްލާމިކް ބޮންޑް)
ފަދަ ބާވަތްތައް ހިމެނޭ.
- ޕަބްލިކް
ކުންފުންޏެއްގެ ގޮތުގައި ރަޖިސްޓަރީކުރުން (ކުންފުންޏާބެހޭ ޤާނޫނާއި
ގަވާއިދުތަކުގައިވާ ގޮތަށް ރެޖިސްޓްރާ އޮފް ކޮންޕެނީޒްއަށް އެޕްލިކޭޝަން ހުށަހެޅުން).
- ސެކިއުރިޓީޒް
ބަޔާން (ޕްރޮސްޕެކްޓަސް) ތައްޔާރުކޮށް ސީ.އެމް.ޑީ.އޭގައި ރަޖިސްޓަރީކުރުން
(ގަވާއިދު ނަންބަރު: 2021/R-126 (ސެކިއުރިޓީޒް ދޫކުރުމާބެހޭ
ގަވާއިދުގައިވާ ގޮތުގެ މަތިން ކުންފުންޏާއި 'އޮފަރ' އާއިގުޅޭ މަޢުލޫމާތު
ހިމެނުން).
- ލައިސަންސް
ދީފައިވާ ސްޓޮކް އެކްސްޗޭންޖުގައި ލިސްޓުކުރުން (ލިސްޓުކުރުމުގެ ގަވާއިދުގައިވާ
ގޮތުގެ މަތިން ލިސްޓުކުރުމުގެ އެޕްލިކޭޝަން ސްޓޮކް އެކްސްޗޭންޖަށް
ހުށަހެޅުން).
- މަދުވެގެން
10 ހިއްސާދާރުން ތިބުން.
- މަދުވެގެން
1 (އެކެއް) މިލިއަން ރުފިޔާގެ ޕެއިޑްއަޕް ކެޕިޓަލް ހުރުން.
- މަދުވެގެން
5 ޑިރެކްޓަރުން ތިބުން.
- ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްފައިވާ ޕަބްލިކް ކުންފުންޏެއް/ އިންވެސްޓްމަންޓް ފަންޑެއް ނުވަތަ ސްޕެޝަލް ޕަރޕަސް އެންޓީޓީއަކަށްވުން.
- ވޭތުވެދިޔަ 2 އަހަރުގެ އޮޑިޓްކޮށްފައިވާ މާލީ ހިސާބުތައް ހުށަހެޅުން، ނުވަތަ 1 އަހަރުގެ އޮޑިޓްކޮށްފައިވާ މާލީ ހިސާބުތައް ހުށަހެޅުން).
- އެންމެ ފަހުގެ އޮޑިޓްކޮށްފައިވާ މާލީ ހިސާބުތަކަށް 6 މަސްވެފައިނުވުން.
- ސީ.އެމް.ޑީ.އޭއިން
ކޮމްޕްލަޔަންސް ބަލާ ފާސްކުރުން.
- ޕްރޮސްޕެކްޓަސް
ރެޖިސްޓްރޭޝަން ފީދެއްކުން.
- ޕްރޮސްޕެކްޓަސް
ރަޖިސްޓަރީ ކޮށްދީފައިވާކަމުގެ ރަސްމީ ސިޓީ ދޫކުރުން.
- ރެޖިސްޓްރާރ
އޮފް ކޮމްޕެނީޒްގެ ހުއްދަ ހޯދުމަށް ހުށަހެޅުން.
ލިސްޓުކުރުމުގެ ގަވާއިދުގެ ދަށުން ކުންފުނި ލިސްޓުކުރުމަށް
ތަފާތު 2 (ދޭއް) ބޯޑު އެކުލަވާލާފައިވޭ. މިކަމުގެ މަޤްޞަދަކީ ކުންފުނީގެ
ސައިޒްއަށް ބިނާކޮށް ލިސްޓުކުރުމުގެ ޝަރުޠުތަކަށާއި (ލިސްޓިންގ ކްރައިޓީރިއަށާއި)
ފީއަށް ލުއިދިނުން. އެގޮތުން "މެއިން ބޯޑު"ގެ ޝަރުޠުތައް ފުރިހަމަވާ
ކުންފުނިތައް ލިސްޓުކުރާނީ މެއިން ބޯޑުގައި، އަދި ހަމައެފަދައިން ސެކަންޑް ބޯޑުގެ
ޝަރުޠުތައް ފުރިހަމަވާ ކުންފުނިތައް ލިސްޓުކުރާނީ ސެކަންޑް ބޯޑުގައި.
- މަދުވެގެން 5 މިލިއަން ރުފިޔާގެ ޕެއިޑްއަޕް ކެޕިޓަލް ހުރުން.
- ކުންފުނީގެ އިކުއިޓީއާ އެއްވަރުގެ ނުވަތަ އެއަށްވުރެ އިތުރަށް ޝެއާރހޯލްޑަރޒް ފަންޑު ހުރުން.
- ކުންފުނީގެ ޕެއިޑްއަޕް ކެޕިޓަލްގެ މަދުވެގެން %10 ޕަބްލިކަށް ވިއްކަން ހުޅުވާލުން. އަދި ޕަބްލިކަށް ވިއްކަން ހުޅުވާލާފައިވާ ހިއްސާގެ އަދަދު މަދުވެގެން 250،000 ކަމުގައިވުމާއިއެކު، އެހިއްސާގެ ފޭސްވެލިއު މަދުވެގެން 5 ލައްކަ ރުފިޔާ ކަމުގައިވުން
- މަދުވެގެން
1 މިލިއަން ރުފިޔާގެ ޕެއިޑްއަޕް ކެޕިޓަލް ހުރުން.
- ކުންފުނީގެ
އިކުއިޓީއާ އެއްވަރުގެ ނުވަތަ އެއަށްވުރެ އިތުރަށް ޝެއާރހޯލްޑަރޒް ފަންޑު
ހުރުން.
- ކުންފުނީގެ
ޕެއިޑްއަޕް ކެޕިޓަލްގެ މަދުވެގެން %5 ޕަބްލިކަށް ވިއްކަން ހުޅުވާލުން. އަދި
ޕަބްލިކަށް ވިއްކަން ހުޅުވާލާފައިވާ ހިއްސާގެ އަދަދު މަދުވެގެން 100،000
ކަމުގައިވުމާއިއެކު، އެހިއްސާގެ ފޭސްވެލިއު މަދުވެގެން 50،000 ރުފިޔާ
ކަމުގައިވުން.
- ސްޓޮކް
އެކްސްޗޭންޖުން އެޕްލިކޭޝަން ބަލާ
ފާސްކުރުން.
- ލިސްޓުކުރުމުގެ
ގަވާއިދުގައި ކަނޑައަޅާފައިވާ ލިސްޓިންގ ފީ ދެއްކުން.
- އެކްސްޗޭންޖުން
އެޕްލިކޭޝަން ޕްރޮސެސް ކުރުމަށްފަހު ލިސްޓުކުރުމަށް ހުއްދަ ދީފައިވާކަމުގެ
ރަސްމީ ސިޓީ ދޫކުރުން.
ޕްރޮސްޕެކްޓަސް ރަޖިސްޓްރޭޝަންއާއި ލިސްޓިންގ އެޕްރޫވަލް
ލިބުމުން، އާންމުންގެ ފަރާތުން ސަބްސްކްރިޕްޝަން ހުށަހެޅުމަށް ހުޅުވާލާ ތާރީޚުގެ
މަދުވެގެން 14 ދުވަސްކުރިން ކުންފުނީގެ ވެބްސައިޓުގައި ހުއްދަ ދީފައިވާ
ޕްރޮސްޕެކްޓަސް ޝާއިޢުކޮށް، މަދުވެގެން 1 (އެކެއް) މީޑިޔާ މެދުވެރިކޮށް
އިޢުލާނުކުރުން.
ސަބްސްރިޕްޝަން އެޕްލިކޭޝަން ހުށަހެޅުން ކުރިއަށް ގެންދާނެ
ގޮތް ކުންފުންޏަށް އިޚްތިޔާރު ކުރެވިދާނެ.
ސަބްސްރިޕްޝަން އެޕްލިކޭޝަން ކުރިއަށް ގެންދިއުމަށް ކުންފުނިން
އިންތިޒާމުކުރާ ގޮތުގެ މަޢުލޫމާތު ޕްރޮސްޕެކްޓަސްގައި ހިމަނަންޖެހޭ. އަދި
އެޕްރޮސެސް ކުރިއަށް ގެންދަންވާނީ ޕްރޮސްޕެކްޓަސްގައި ބަޔާންކުރެވިފައިވާ ގޮތަށް.
ކުންފުނީގެ އޮންލައިން ޕޯޓަލްއަކުން އަދި ފިޒިކަލް
ސެންޓަރުތަކުން.
ސެންޓްރަލް ޑިޕޮސިޓަރީ ކުންފުނިން ފޯރުކޮށްދޭ
ސަބްސްކްރިޕްޝަން ވަޞީލަތް (އިންފިނިޓީ) ބޭނުންކޮށްގެން (މިޚިދުމަތަށް
އެކްސްޗޭންޖުން ފީއެއް ނަގާނެ).
ކުންފުންޏަށް މިއޮޕްޝަންތަކުގެ ތެރެއިން ގޮތްތަކެއް
ނުވަތަ މިހުރިހާ ގޮތެއްވެސް އިޚްތިޔާރުކުރެވިދާނެ. އޮންލައިންކޮށް
ސަބްސްކްރިޕްޝަން އެޕްލިކޭޝަން ހުށަހެޅޭގޮތަށް އިންތިޒާމުކުރުމަކީ ގިނަ
އިންވެސްޓަރުންގެ ބައިވެރިވުން ލިބުމުގެ ފުރުޞަތު އިތުރުވާ ކަމެއްކަމަށް ބެލެވޭ.
- ސަބްސްކްރިޕްޝަން ބަންދުކުރާ ތާރީޚުން ފެށިގެން 14 މާރކެޓު ދުވަހުގެ
ތެރޭގައި ސެކިއުރިޓީޒް އެލޮޓްކުރުމާއި، އެލޮޓްމަންޓް ލިސްޓް ސެކިއުރިޓީޒް
ޑިޕޮސިޓަރީއަށް ފޮނުވުން. އަދި ސެކިއުރިޓީޒް އެލޮޓްކުރެވިފައިވާކަން
އާންމުކޮށް އިޢުލާނުކުރުން.
- އެލޮޓްމަންޓް ލިސްޓު ލިބޭތާ 14 މާރކެޓު ދުވަހުގެ ތެރޭގައި
ސެކިއުރިޓީޒް ޑިޕޮސިޓަރީން ޑިޕޮސިޓް ރިކުއެސްޓް ފޮނުވުން.
- ޑިޕޮސިޓް ރިކުއެސްޓް ލިބޭތާ 5 މާރކެޓު ދުވަހުގެ ތެރޭގައި ޑިޕޮސިޓް
ރިކުއެސްޓް އެޕްރޫވްކުރުމާއި އެޕްރޫވްކުރެވިފައިވާ ޑިޕޮސިޓް ލިސްޓް
ސެކިއުރިޓީޒް ޑިޕޮސިޓަރީއަށް ފޮނުވުން.
- ޑިޕޮސިޓް އެޕްރޫވަލް ލިބޭތާ 5 މާރކެޓު ދުވަހުގެ ތެރޭގައި ސެކިއުރިޓީޒް
ޑިޕޮސިޓްކުރުމާއި ކުންފުންޏަށް ކޮންފަމޭޝަން ފޮނުވުން. ކޮންފަމޭޝަން ލިބޭތާ
5 މާރކެޓު ދުވަހުގެ ތެރޭގައި ސެކިއުރިޓީޒް ޑިޕޮސިޓް ކޮށްފައިވާކަން
އާންމުކޮށް އިޢުލާނުކުރުމާއި އެއިޢުލާނުގެ ކޮޕީއެއް ޑިޕޮސިޓްކުރެވުނު
ދުވަހު ސްޓޮކް އެކްސްޗޭންޖަށާއި ސީ.އެމް.ޑީ.އޭއަށް ފޮނުވުން. އަދި
އެލޮޓްކުރެވުނު ސެކިއުރިޓީޒްގެ އަދަދާއި ސެކިއުރިޓީޒް ޑިޕޮސިޓަރީ
އެކައުންޓް ނަންބަރު ސެކިއުރިޓީޒް ހޯލްޑަރުންނާއި ހިއްސާކުރުން.
- އެލޮޓްމަންޓް އަދި ޑިޕޮސިޓް މަޢުލޫމާތު ސެކިއުރިޓީޒް ހޯލްޑަރުންނަށް
ފޯރުކޮށްދޭތާ 3 މާރކެޓު ދުވަހުގެ ތެރޭގައި ސެކިއުރިޓީޒް ޓްރޭޑްކުރުމަށް
ހުޅުވާލާފައިވާކަން ސްޓޮކް ސްޓޮކް އެކްސްޗޭންޖުން އާންމުކޮށް
އިޢުލާނުކުރުން.
- ލިސްޓުކުރުމުގެ ގަވާއިދުގެ ދަށުން ހުށަހަޅަންޖެހޭ ކޮމްޕްލަޔަންސް
ސްޓޭޓްމަންޓްތަކާއި ޑިކްލަރޭޝަންތައް ސްޓޮކް އެކްސްޗޭންޖަށް ހުށަހެޅުން.
އެލޮޓްމަންޓްއަށްފަހު އޯވަރސަބްސްކްރައިބްވި ބައިގައި
އެކުލެވޭ އިންވެސްޓަރުންނަށް ރިފަންޑު ދިނުން (ސަބްސްކްރިޕްޝަން ބަންދުކުރާ
ދުވަހުން ފެށިގެން ގިނަވެގެން 30 ދުވަހުގެ ތެރޭގައި).